އަޅުގަނޑަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ މީހެއްނޫނެވެ
CONSTITUTION OF THE REPUBLIC OF MALDIVES: CHAPTER II – CLAUSE 27: FREEDOM OF EXPRESSION: EVERYONE HAS THE RIGHT TO FREEDOM OF THOUGHT AND THE FREEDOM TO COMMUNICATE OPINIONS AND EXPRESSION IN A MANNER THAT IS NOT CONTRARY TO ANY TENET OF ISLAM

ސަމާލުވެލައްލާ

3:40 AM Posted In Edit This 0 Comments »

އެންމެހައި ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ސަމާލުވެ ލައްވާ!!! ބައެއް މޮބައިލްތަކުގައި ހުންނަ ކީރިތި ޤުރްއާން ޕްރޮގްރާމް ގައި " ސޫރަތުއްނިސާ " ގެ 90 ވަނަ އާޔަތުގެ ކަލިމައެއް ނުބައިކޮށް ލިޔެވިފައި އޮވެއެވެ. " إِلاَّ الَّذِينَ يَصِلُونَ إِلَىَ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ أَوْ جَآؤُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُواْ قَوْمَهُمْ وَلَوْ شَاء اللّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْاْ إِلَيْكُمُ السَّلَمَ فَمَا جَعَلَ اللّهُ لَكُمْ عَلَيْهِمْ سَبِيلاً "
މިއާޔަތުގައިވާ يُقَاتِلُوكُمْ މިދެންނެވިފަދަ ބައެއް ޕްރޮގްރާމްތަކުގައި ލިޔެވިފައި އޮންނަނީ "ن " އެއް އިތުރުކޮށް " يقاتلونكم " މިފަދައިން ނެވެ. މާތް ﷲ ތަޢާލާ ކީރިތި ޤުރްއާން ރައްކާތެރި ކުރައްވާނެކަމާމެދު އަހަރެމެން ޝައްކެއް ނުކުރަމުއެވެ. ޤުރްއާން ރައްކާތެރިކުރުމުގައި ސަބަބެއް ކަމުގައި ވުމަކީ ހަމަ ކޮންމެ މުސްލިމަކަށްވެސް ލިބޭ ނުހަނުބޮޑު ޝަރަފެކެވެ.

މި ޕްރޮގްރާމްގައި މިކަލިމަ މިގޮތަށް ލިޔެވިފައި މިވަނީ އޮޅުމަކުން ކަމުގައިވެސް ވެދާނެއެވެ. ހަމަ އެގޮތަށް މުސްލިމުންގެ ޢަދުއްވުން ގަސްދުގައިވެސް މިފަދަ ކަމެއް ކޮށްފާނެއެވެ. އަހަރެމެނަށް އޮތީ މިކަންކަމުގެ މައްޗަށް ސަމާލުވެ ތިބުމެވެ. ކީރިތި ޤުރްއާން ރައްކާތެރިކުރުމުގައި ސަލަފުއްޞާލިޙުން ޢަމަލުކުރެއްވި ގޮތް ދެނެލައްވަމުތޯއެވެ. އެބޭކަލުން ހެއްދިގޮތަކީ ކޮންމެ ބޭކަލަކުވެސް ކުޅަދާނަވީ މިންވަރަކުން ޤުރްއާން ހިތުދަސް ކުރެއްވީއެވެ. ދެން އެ ޤުރްއާން އާއި އެއްގޮތަށް ޢަމަލުކުރެއްވީއެވެ. މިކަމަކީ އަޅުގަނޑުމެނަށްވެސް ކުރެވިދާނެކަމެއް ނޫންތޯއެވެ.!! " ހައްދަވައި ބަލަޙައްޓާވާ ﷲ! އަޅަމެންނީ ކީރިތި ޤުރްއާން ކިޔަވައި ، އެފޮތް ހިތުދަސްކޮށް ، އެފޮތުގައިވާ ގޮތަށް ޢަމަލުކުރާބަޔަކު ކަމުގައި ލައްވައި ، ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ލައްވާންދޭވެ."
."

ވޯޓު ލަނީ ކުފުރަށްތައް؟ ޙައްޤަށްތަ؟

4:56 AM Edit This 0 Comments »



23 މާރޗް 2009 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، އެމަޖިލީހުގެ ދެމެމްބަރަކު ﷲ އާއި ﷲ ގެ ރަސޫލާއަށް ފުރައްސާރަ ވާކަހަލަ ވަހަކަތަކެއް ދެއއްކިކަމަށް މިހާރު މިދެކެވޭ ވަހަކައަކީ ކޮބައިތޯ ބަލާލަމާހެވެ. މިގޮތުން މާލޭގެ މެމްބަރު އިބްރާހިމް އިސްމާޢީލް ވަނީ، "މިހާރުވެސް މިމުޖްތަމަޢުގައި މީގެ ސާދަ ޤަރުނު ކުރީގެ ބޯދާއި ޚިޔާލަށް ތަބާވާ ބަޔަކު އުޅޭކަމަށް" އަޑު އުފުލައި އެކަމާއި އިދިކޮޅަށް ވާހަކަ ދައްކާފައެވެ. އަޅުގަނޑު ހިތަށް އަރަނީ މީގެ ސާދަ ސަތޭކަ އަހަރު ކުރީގެ ބޯދާ ޚިޔާލޭ އިބްރާ އެބުނަނީ އިސްލާމްދީނުގެ ވަހަކަ ބާވައެވެ.؟ އެއީ އިސްލާމް ދީން ކަމުގައި ވާނަމަ އިބުރާ އިސްލާމްދީން ޤަބޫލު ނުކުރައްވަނީތޯއެވެ؟ ކޮންމެއަކަސް ދީނުގައި ކަނޑައެޅިފައިވާ ކަމަކާއި ނުވަތަ ޙުކުމަކާއި އިންކާރުކޮށް އެއާއި ޚިލާފަށް ޙުކުމްތައް ހެދުމަކީ މީހާ ދީނުން ބޭރުވެ މުރުތައްދުވެގެން ދާނޭ ކަމެކެވެ. އެހެންކަމަށްވާނަމަ އަޅުގަނޑު އިބުރާއަށް ހަނދުމަކޮށް މި އަރުވަނީ އަވަހަށް ތައުބާވެ އެބުނެވުނެ ބަސް އަނބުރާ ގެންގޮސްﷲ ގެދީނަށް އެކީ އެކަށްޗަކަށް ރުޖޫޢަވުމަށެވެ.
އަނެއް މެމްބަރަކީ ލ.އަތޮޅުގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މޫސާ މަނިކުގެ ވާހަކައިގާ ބުނެފައިވެއެވެ. "މީހަކު ޢުމުރުން ނުވަ އަހަރުގެ ކުއްޖަކާ އިނަސް، ތިމަންގެ ދަރި އެޢުމުރުގައި މީހަކާ ނުދެވާނަމެވެ." ރީކޯ މޫސަ އެބުނާ މީހަކީ އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ހެއްޔެވެ؟ އެހެންކަމުގައިވާނަމަ މޫސައަށް ދަންނަވަމެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކައިވެނި ކުރެއްވީ ޝަރުޢީ ގޮތުންނެވެ. ތިޔަހީކުރާކަހަލަ ގޮތަކަށް ނޫނެވެ. أعوذ بالله ތިޔައީ މުސްލިމުން ދައްކާކަހަލަ ވަހަކައެއްނޫނެވެ. މަޖްލިހުގެ ތަޅުމުގައިވިޔަސް، ފެންޑާގައިވިސް އަދި ސީލިންގ ގައި ވިއަސް ތިޔަކަހަލަ ވާހަކަ ދެއްކުމަކީ މީހާ ދީނުން ބޭރުވާނެ ޢަމަލެއްކަން އަނދުމަކޮށްދެމެވެ. މޫސައަށް ވެސް ހަނދުމަކޮށް މި އަރުވަނީ އަވަހަށް ތައުބާވެ އެބުނެވުނެ ބަސް އަނބުރާ ގެންގޮސްﷲ ގެދީނަށް އެކީ އެކަށްޗަކަށް ރުޖޫޢަވުމަށެވެ. ދެ ބޭފުޅުން ވެސް ތިޔަގޮތުގައި ހުއްޓާ މަރުވެއްޖެއްޔާ ވާނެގޮތާމެދު ކަމުގެ މީހުނާ ދީންކިޔަވައިގެން ތިބި މީހުނާ ސުވާލުކުރުމަށްވެސް އާދޭހާއެކު ދަންނަވަމެވެ. ލޮބުވެތި ޔައްޔިތުންނަށް ދަންނަވާލަމެވެ. މި ދެކުދިންނަށް ވޯޓު ދިނުމުގެ ކުރިން މިކަމާ ވިސް ނާލުން ރަގަޅެވެ، އެއީ ތިމަން މިލާ ވޯޓް އެއީ ކުފުރު ވޯޓެއްތޯ ނުވަތަ ޙައްޤު ވޯޓެއްތޯ ޔަޤީންކުރުމުގެ ގޮތުންނެވެ
މި މައުޟޫއާ ގުޅިގެން ލިބުނު 2 ލިންކް ތިޔަ ބޭފުޅުންނާ ޙިއްސާކޮށް ލާނަމަވެ. ލިންކް 1 ލިނކް 2

ހޭލާށެ

9:08 AM Edit This 0 Comments »
އެއީ ފަތިސް ނަމާދުގެ ވަޤުތެވެ. ބަންގީގެ އަޑު ވެސް އަޙްމަދަށް އިވެއެވެ. އަޙްމަދަށް އޮތީ ޣާފިލުކަމުގެ ނިދިން ހޭލަން ނުހަނު ކައްނެތް ވެފަ އެވެ.އެހެން އޮއްވާ މީހަކު އަޙްމަދަށް ފުރިހަމަ ނަމުން ގޮވާލި އެވެ. އެއީ ދުވަހަކުވެސް އަޙްމަދު އަހާފައިވާ އަޑެއްނޫނެވެ. އަޙްމަދުގެ ހިތަށް ވަރަށް ބޮޑު ބިރުވެރި ކަމެއް އިހްސާސް ވިއެވެ. ބިރުން ތުރުތުރު އަޅައިގަތެވެ. އެ އަޑު އައީ ހަމަ ގައިމުވެސް އަޙްމަދާ ވަރަށް ކައިރިން އަޙްމަދުގެ ކުރިމަތީންނެވެ. އެއިރު އަދި ފަތިސް ނަމާދުގެ ވަޤުތެއް ނުދެއެވެ. އެހެން ކަމުން އަޙްމަދު އަވަސްވެ ގަތީ ނަމާދު ކުރާށެވެ. އެހެން ނަމަވެސް އަނެއްކާވެސް ހަމަ އެ އަޑުން ބުންޏެވެ. ވަޤުތު ފާއިތު ވެއްޖެއެވެ. އަހަރެން މި އައީ ކަލޭގެ ފުރާނަ ބަލައެވެ. އެހިނދު އަޙްމަދަށް ރޮއެ ހޭރި ހަޅޭލަވައި ގަތެވެ. "ތިޔަހެން ނުހަދާށެވެ. އަހަރެންގެ ބަދަލުގައި މިތިބަ އަހަރެންގެ ދަރީންނާ އަބިމީހާ ގެންދާށެވެ". އެހިނދު އެއަޑުން ބުންޏެ. އަހަރެން މިއައީ އެމީހުން ބަލައެއްނޫނެ، ﷲ ގެ އަމުރުފުޅަށް ކަލޭފުރާނަ ބަލައެވެ. ބިރުނުގަންނާށެވެ. އަހަރެން ކަލޭގެ ފުރާނަ ވަރަށް ފަސޭހައިން އެއްވެސް އަނިޔަލަކާނުލާ ގެންދާނަމެވެ. ނަމަވެސް އެކަން އޮތީ ކަލޭގެ އިޚްތިޔާރުގައެވެ. ތައްޔާރު ހެއްޔެވެ؟ އަޙްމަދަށް އަނެއްކާވެސް ރޮއެގަނެފައި ހަޅޭލަވައި ގަނެވުނެ. "އަހަރެން މިއޮތީ ރޭގަ ރޭގަނޑުގެ މަޖަލުން އައިސް ހިނައިވެސް ނުގަނެއެވެ، އަހަންނަށް ވަޤުތުކޮޅެއްދޭށެވެ. ނަމާދުކޮށް ޤުރްއާން ކިޔަވާ އުޅުނުމީހުންގެ ތެރެއިން އަހަރެން ނުވަމުއެވެ. ރަމަޟާން މަސް އައިސް ދާއިރުވެސް އަހަންނަށް ނޭނގޭ. އަދި ޒަކާތް ދީއުޅުނުމީހުންގެ ތެރެއިންވެސް އަހަރެން ނުވަމުއެވެ. އަހަންނަކީ ޙައްޖު ވާޖިބުވާވަރަށް ތަނަވަސްކަން ހުރި ގަދަފަދަ ޒުވާނެއް އެކަމު އެކަން އަހަރެން ފަހަށް ބެހެއްޓީމު. އަދި ﷲ ގެ ރަސޫލާ މުޙައްމަދު ގެފާނަށް ތަބަޢުވީ ޞާލިޙުންގެ ތެރެއިންވެސް އަހަރެން ނުވަމުއެވެ. އަހަރެން ވީ އެމީހުނަށް މަލާތް ކޮށް ފުރައްސާރަކުރިމީހުންގެ ތެރެއިންނެވެ. އަހަރެން އެހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަން ދެމެވެ. އަހަންނަށް ކުޑަ ވަޤުތުކޮޅެއްދޭށެވެ. މަރުވާ އަހަރެން އަދި ތައްޔާރެއް ނުވެއެވެ. ކަށްވަޅަށް ދާން އަހަރެން ބިރުގަނެއެ. އަހަރެންގެ ޢުމުރުން އަދި އެންމެ 21 އަހަރެވެ. މިހާ އަވަހަށް އަހަރެންގެ އަޖަލު ހަމަވާނެ ކަމެއް އަހަރެންގެ ހިތަކަށްވެސް ނާރައެވެ". އެހިނދު އެއަޑުން އޭނާޔާ ސުވާލު ކުރިއެވެ. ކަލެއަށް ﷲ ގެ ދީން ފޯރިތަ؟ އަޙްމަދު އާން ! އެއަޑުން، ކަލެއަށް ﷲ ގެ ރަސޫލާ މުޙައްމަދު ގެފަނުގެ ދައުވަތު ލިބުނުތަ؟ އަޙްމަދު، "އާން އެކަމަކު އަހަރެން އެހުރިހާ ކަމަކާ، ވާހަކަ އަކަށް ދިނީ ބީރު ކަންފަތެއް". އެއަޑުން، ދެންކިހިނެތް ކަލޭއަޑު އެހެން ފަރާތަކަށް އިވޭނީ. އަހަރެން ކަލޭގެ ފުރާނަ ބަލައި މިއައީ އަހަރެންގެ އަމިއްލަ އިޚްތިޔާރަކުންނޫން އަހަރެން މިއައީ ﷲ ގެ ޢަމުރުފުޅަށް، އެހެންވެ ﷲ ގެ އަމުރު ފުޅާ ޚިލާފުވާކަށް އަހަންނަކަށް ނުކެރޭނެ. ތެދުވޭ ނަމާދަށް ދާން ނުތެދުވިޔަސް މަރު މިހިރީ ކަލޭގެ ކުރިމަތީގައި ބަލައި އައިސް، ދެން މިއަށް ފުރަގަސް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ތިޔަބުނި ހުރިހާ ކަމެއްކުރުމަށް ދުނިޔޭގައި ﷲ ކަލެޔަށް ޢުމުރާއި ތަނަވަސްކަމާއި ވަޤުތު ދެއްވި. ފަހަރެއްގައިވެސް ދެވަނަ ފުރުޞަތެއް ދެއްވައިފިނަމަ ކަލޭދެންވެސް ހަމަ ހަދާނީ އެހެން، ﷲ މޮޅަށް ދެނެވޮޑިގެންވޭ. ކަލޭ ރޭގަނޑު ވެއްޖެއްޔާ އުޅޭނީ ކުޅިވަރާއި މިއުޒިކްގެ ތެރޭގައި ޣާފިލުވެގެން. އިސްލާމް ދީނުގެ ދަޢުވަތު ކަލެއަށް ފުރިހަމަޔަށް ލިބުނީމާވެސް ކަލޭގެ ދަރިންނާ އަނބިމީހާއަށް އެކަން ނާންގާ އެމީހުން ބޭތިއްބީ ޖަހާލަތުގެ އަނދިރީގެ ތެރޭގައި. މީކަލޭގެ އެންމެ ފަހު ވަޤުތުކޮޅު ކަލޭގެ ފުރާނަ އަހަންނަށް ގެންދަން މިޖެހުނީ ދެކޮޅަށް ކަށިފަޅާފައިވާ ކަށްޓެއް ކަފަގަނޑެއްގެ ތެރެއިން ދަމައިގަންނަ ގޮތަށް އަނިޔާވެރި ކަމާއެކުގައެއެވެ. އެއީ ހަމަ ކަލޭ ކުޅަ ޢަމަލުންނެވެ. ކަލެއަށް ނަރަކަނޫން ތަނެއްނުވެއެވެ. ނަރަކައިގެ ޢަޛާބުގެ ރަހަދެކޭށެ. އެހިނދު އަޙްމަދަށް ޢަޛާބު ލިބޭތަން ފެނުމުން އަޙްމަދަށް ބޭ އިޚްތިޔާރުގައި،" އެއީ އަދި ނަރަކަ އެއް ނޫނެ. އެއީ ކަށްވަޅެވެ. އެއީ ހާދަހާވާ ކުޑަކުޑަ ތަނެކެވެ. އަހަރެންގެ އިސްކޮޅުވެސް އެތާހުންނާނެބާއެވެ. އެތާ ފިތިބާރުވެގެން އޮއްވާވެސް އަހަރެންނާ ދިމާލަށް ބޮޑެތި ނާގަ ހަރުފަތަށް އަނގަ ހުޅުވަގެން އެއޮތީ އަހަރެން ނަށް އަނިޔާކުރާށެވެ. ފަރުބަދައެއްގައި ޖަހާލެވިއްޖެނަމަ އެފަރުބަދަ ފުނޑުފުނޑު ވާފަދަ ވަރުގަދަ މުގުރު ބުރިތަށް ހިފައިގެން އެ މަޅާލަނީ އަހަރެންގެ ގައިގާ ޖަހާށެވެ. ހުރިހާ ޢާޛާބެއް އެހެރަ ކައިރިވަނީ އެވެ. ދެން ހެދޭނެ ހަމަ އެއްގޮތެއްވެސް ނެތެ. ވަޤުތުފާއިތުވެއްޖެ އެވެ." އަޙްމަދުގެ ފުރާނަ އެހެރަ ދަމައި ގަންނަނީއެވެ، އަޙްމަދުގެ ކަށިތަކާ މަސްގަނޑު އިރައިންގެން މިހިރަ ދަނީއެވެ. " ﷲ! ﷲ އަހަރެން ނަކަށް ކެތެއްނުވާނެއެވެ. ﷲ! ﷲ!، ކުއްލިޔަކަށް އަޙްމަދަށް ހޭލެވުނީ އެނދުން ވެއްޓުނީމަ އެވެ. ކައިރީގައި އަންހެނުންނާ ކުދިން އަޙްމަދުގެ ހުވަފެން (އަޙްމަދު ލެވި ހަޅޭކުގެ) އަޑުއަހަން ހުއްޓެވެ. އަޙްމަދަށް ހޭލެވުނީމާ އެމީހުން އަޙްމަދުގެ ގައިގައި ބައްދައި ގަތެވެ. ނަމަވެސް އޭނަ އެތަނުން ނުތެދުވެ އުޅެނިކޮށް އޭނަގެ ފުރާނަ ޙަޤީޤަތުގައިވެސް ހިގައްޖެއެވެ.

ބަންގި ދުޢާ

6:37 AM Posted In Edit This 0 Comments »
اللهم رب هذه الدعوة التامة والصلاة القائمة آت محمدا الوسيلة والفضيلة وابعثه مقاما محمودا الذي وعدته " (رواه البخاري)

ދުޢާގެ މާނަ: (އެއްކައުވަންތަކަމަށް ގޮވާލެވޭ) ފުރިހަމަވެގެންވާ މި ގޮވާލުމާއި ޤާއިމުވެގެންވާ ނަމާދުގެ ވެރިރަސްކަލާކޮ! މުޙައްމަދު ޞައްލަ ﷲ ޢަލަހިވަސައްލަމް އަށް ސުވަރުގެއިން މާތްވެގެންވާ ދަރަޖައާއި މަތިވެރިކަން ދެއްވާފާދޭވެ! އަދި އިބަރަސްކަލާނގެ އެކަލޭގެފާނަށްޓަކައި ވަޢުދުވެވޮޑިގެންނެވި ޙަމްދުލިބިގެންވާ މަޤާމަށް އެކަލޭގެފާނު އުފުއްލަވާފާނދޭވެ!






ނިދުމުގެ ކުރީގެ ދުޢާތައް

6:29 AM Posted In Edit This 0 Comments »

1- بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي ، وَبِكَ أَرْفَعُـه، فَإِن أَمْسَـكْتَ نَفْسـي فارْحَـمْها ، وَإِنْ أَرْسَلْتَـها فاحْفَظْـها بِمـا تَحْفَـظُ بِه عِبـادَكَ الصّـالِحـين .
2- اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة . [مسلم 4/2083]
3- اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك . (ثلاثاً) [أبو داود 4/311]
" اللهم رب السموات السبع ورب الأرض ، ورب العرش العظيم ، ربنا ورب كل شئ ، فالق الحب والنوى ، ومنزل التوراة والإنجيل ، والفرقان ، أعوذ بك من شر كل شئ أنت آخذ بناصيته ، اللهم أنت الأول فليس قبلك شئ ، وأنت الآخر فليس بعدك شئ ، و أنت الظاهر فليس فوقك شئ ، و أنت الباطن فليس دونك شئ ، اقض عنا الدين و أغننا من الفقر ".
4- بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا . [البخاري مع الفتح 11/113 ومسلم 4/2083]
5- الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي. [مسلم 4/2085]
6- اللّهُـمَّ عالِـمَ الغَـيبِ وَالشّـهادةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كُـلِّ شَـيءٍ وَمَليـكَه، أَشْهـدُ أَنْ لا إِلـهَ إِلاّ أَنْت، أَعـوذُ بِكَ مِن شَـرِّ نَفْسـي، وَمِن شَـرِّ الشَّيْـطانِ وَشِـرْكِه، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم . [أبو داود 4/317]

7- اللّهُـمَّ أَسْـلَمْتُ نَفْـسي إِلَـيْكَ، وَفَوَّضْـتُ أَمْـري إِلَـيْكَ، وَوَجَّـهْتُ وَجْـهي إِلَـيْكَ، وَأَلْـجَـاْتُ ظَهـري إِلَـيْكَ، رَغْبَـةً وَرَهْـبَةً إِلَـيْكَ، لا مَلْجَـأَ وَلا مَنْـجـا مِنْـكَ إِلاّ إِلَـيْكَ، آمَنْـتُ بِكِتـابِكَ الّـذي أَنْزَلْـتَ وَبِنَبِـيِّـكَ الّـذي أَرْسَلْـت . [البخاري مع الفتح 11/113 ومسلم 4/2081]