12:24 AM
Posted In
ދެންވެސް ކިޔަނީ އިސްލާމުންނޭ
Edit This
އެންމެން ކިޔެވީ އެއްފޮތަކުންނޭ ފެންނަގޮތުން ދިހަބާރަ ފޮތުންނޭ
ނެއް ނުކުރާކަ ކަމެއް މަދަރިންނޭ ދެންވެސް ކިޔަނީ އިސްލާމުންނޭ
ބަދު އަޙްލާޤުން ހޯދާ ޝުހުރަތު ލަދުތަދު ފިސްކޮއް ނައްތާ ޣީރަތު
މަދުއެތިކޮޅަކަށް ވިއްކާ ޢިސްމަތު ދެންވެސް ކިޔަނީ އިސްލާމުންނޭ
ދީނުގެ އަސްލެއްނޭގި އުސޫލެއް އީމާންވާނޭ ނޭގި ރަސޫލެއް
ސީދާމަގުނުމެ ކޮންމެ ޤަބޫލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ
ތަރުހީބުދެނީ އޮތްލަޢުނަތަކަށް މަރުދީބަލަނީ އޮތް ބިދުޢަތަކަށް
ކަރުމަރު ހިފަނީނަމަ ރިޝްވަތަކަށް ދެންވެސް ކިޔަނީ އިސްލާމުންނޭ
ނިވަލެއް ނެތި ތިބެ ދޭދޭ ޖިންސުން ނިވަނީ ހިތުގެ އެދުންތައް މީހުން
ދުވަނީ މިކަމާމެދު ތެޅި ފޮޅެމުން ދެންވެސް ކިޔަނީ އިސްލާމުންނޭ
ހެޔޮނެތެ ކުރެވޭ އެއްވެސް ޢަމަލެއް ހެޔޮކަމަކަށް ނަމަ ކުރަނީ ޖަދަލެއް
އެއުރެނަކަށް ނެތެ ހަމަވުން އަޖަލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ
އުދަގޫ ކަމެކޭ އަޅުކަން ކުރުމީ މުދަލުން ދޭންވާ ސަދަޤާތް ދިނުމީ
ނުދަތުމުގައިވެސް ޒިިކުރެއް ކުރުމީ ދެންވެސް ކިޔަނީ އިސްލާމުންނޭ
ފަސް ވަގުތޭ ތޯ ކޮންފަސްވަގުތެއް އަސްތާނުލިބޭ ގޮސްލަންވަގުތެއް
މަސްއޫލިއްޔަތަކީ ބޮޑުމަސްތެއް ދެންވެސް ކިޔަނީ އިސްލާމުންނޭ
ބޭރުން މީހުން ގުޅެނީ ދީނާ ފޭވާން މިއުރެން އުޅެނީ ދީނާ
ހޭގާ ތިބެ ފޮށެނީ މާތްދީނާ ދެންވެސް ކިޔަނީ އިސްލާމުންނޭ
1:11 AM
Posted In
ކޮށްދޭނަމޭ ނުބުނާށެވެ. ކޮށްދީފައި ދަށްކާށެވެ
Edit This
ވަކިޕާޓީއެއް ކުރިއެރުވުމަށް ނުވަތަ ވަކިޕާޓިއެއްގެ މަޤްޞަދު ޙާޞިލު ކުރުމަށް މަސަތްކަތް ކުރުމަކީ މުޖްތަމައުގެ މަސްލަޙަތާ އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުން ބައިބައި ކުރުންކަމުގައި ނޫނީނުވާނެއެވެ. އެއްޕާޓީއަކުން ފައްސާލީމާ އަނެއްޕާޓީއަކަށް ގޮސް އެތަނުން ފައްސާލީމާ އަނެއްތާކަ ގޮސް ތާކުން ތާކު ނުޖެހި ރަމަންރަމަންފޯލި ކުޅެން އުޅޭ މީހުނަށް ވޯޓު ދިނުމުގެ ކުރިން އެބައިމީހުންގެ ހަޤީޤީ މަޤްޞަދާ ދޭތެރޭ ވިސްނާލަން ޖެހެއެވެ. ދެން ތިބީ ކޮންމެވެސް ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލާމީހުންނެވެ. އެމީހުންނަކީ އެމީހުން އަމިއްލަޔަށް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ކުރިމަތި ލާފަތިބި ބައެއް ނޫނެވެ. ވަކި ޕާޓީއެއްގެ ނުފޫޒުގައި ކުރިމަތި ލައްވާފައި ތިބި ބައެކެވެ. އެމީހުންގެ އެއްވެސް އާރެއްބާރެއް ނެތްތާނގައި އަމިއްލަ އަށް ބަހެއްވެސް ބުނުމުގެ އިޚްތިޔާރެއް ލިބިފައިވާ ބައެއްނޫނެވެ. އެމީހަކު އެ ނިސްބަތްވާ ޕާޓީއަކުން ބުނާބުނުމެއް ނުވަތަ ކުރަންބުނާ ކަމެއް ފިޔަވައި އެއްވެސް ކަމެއްކުރުމުގެ މިނިވަންކަމެއް އެމީހުނަކަށް ނުވެއެވެ. ދެން އުޅެނީ ބޭރުފުށުން އަމިއްލަ ކެނޑިޑޭޓުންނެވެ. މިބައިމީހުންނަކީ ވަކިޕާޓީ އަކަށް ނިސްބަތްނުވާ މީހުނަށް ވޯޓްދޭމީހުން ގެ ލޮލުގައި އަނދުން އަޅުވަންއުޅޭ ބައެކެވެ. އެމީހުންގެ ބަހާއި ޢަމަލުން ނިކަން ފަސޭހައިން ފަޟީހަތްވެއެވެ. މިބައިގަނޑު ހޯދުމަކީ ވަރަށް ފަސޭހަކަމެކެވެ. މިހިސާބުން ދެން ވޯޓު ދޭންވީ ވަކި ކާކަށް ބާވަޔޭ ހިތަންއަރައެވެ. އާދެ! ވޯޓު ދޭންވީ ރައްޔިތުންގެ ޙާލަތު ފަސް އަހަރުން ފަސް އަހަރުން ބެލުމުގެ ބަދަލުގައި އަބަދުމެ ރައްޔިތުންނާ އެކީއުޅޭ ރައްޔިތުންގެ އިޙްސާސްތައް އެންމެ ގާތުން ބަލާ ރައްޔިތަކަށެވެ. ދައްކާ ވާހަކައަށް އެއްގޮތަކަށް ވެސް ނުވިސް ނާށެވެ. އެމީހުންގެ ފަރާތުން ރައްޔިތުންނަށް ކޮށްދީފައި އޮތީ ކޮންކަމެއްތޯ ނުވަތަ ވެފައި އޮތީ ކޮން ފަސޭހައެއްތޯ ބަލާށެވެ. އެކަމެއް ކޮށްދީފައި އޮތީ ކޮންބޭނުމަކުތޯބަލާށެވެ. އެއީ އަރައްޔިތުންގެ މަޖިލީހުގައި ނުވަތަ އަވަށުފެންވަރުގައި ނުވަތަ ރަށުފެންވަރުގައި ނަމަވެސް މެވެއެވެ. އެގޮތަކީ އެމީހުން ރައްޔިތުންގެ މަޖްލީހައް މި ހޮވަނީ އެހާމެ ފޮނި އުންމީދާ އެކުގައެވެ. ނަމަވެސް ހިތާމަޔަކީ ހަމަ ކުޑަކުޑަ ބާރެއް ލިބޭއިރަށް ހަނދާންނެތޭތީއެވެ. އެއްބަޔަކު މާތްވެގެންވާ އިސްލާމްދީން އައްޑަނައަކަށް ހަދައިގެންވެސް ވޯޓްހޯދައެވެ. އެއީ އެންމެފަސޭހަގޮތް ކަމަށްވެދާނެއެވެ. އެގޮތަކީ ދިވެހިންނަކީ ދީނަށް ނުހަނު ލޯބިކުރާ ދީނީ ބައެކެވެ. ނަމަވެސް މިނިސްޓަރ ކަން ލިބުނީމަ ނުވަތަ ބޮޑު ގޮނޑި ލިބުނީމަ ދީނަކާ ދީނެކެވެ. ރައްޔިތަކާ ރައްޔިތެކެވެ. މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ބާރުގެ ބޭނުންކޮށްގެން ދީނީ އެބްސައިޓްތައް ބަންދު ކުރުމާއި ބުދު ފައްޅިތަށް ޙިމާޔަތް ކުރުން މީއެއްވެސް ކަމަކަށް ނުހަދައެވެ. ހުރިހާ ކެނޑިޑޭޓުންނަށް ލޯތްބާއެކީ ދަންނަވަލަމެވެ. ރައްޔިތުންގެ ލޯ ހުޅުވިއްޖެއެވެ. ކަނޑާފޮންޏަކަށް ނުވަތަ ވާ ވައުދެއް ބަލައެއްނުގަންނާނެއެވެ. އެއީ ޝާއިރު ވެސް ވިދާޅުވެފައިވާ ފަދައިން ތަޖްރިބާކުރެވުނީމައެވެ. ކުޅަދާނަ ޝާޢިރުވިދާޅުވިއެވެ. " ވައުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ، ނޫނީ އެހެން ގޮތެއްގައި މަޖުބޫރުވާނެޔެ" ވީމާ ކެނޑިޑޭޓުންނަށް އެންމެ ހެއުކަން ބޮޑުގޮތަކީ ކޮށްދޭނަމޭ ނުބުނުމެވެ. ކޮށްދީފައި ދެއްކުމެވެ.
11:21 PM
Posted In
އެންގޭޖް ވުމަކުން އަދި ޙަލާލެއް ނުވޭ
Edit This
އަހަރުމެންގެ ތެރޭގައި އާއްމުކޮށް ދެމީހަކު ކައިވެނި ކުރުމަށް އެއްބަސްވުމުން ނުވަތަ އެންގޭޖް ކުރުމުން ދެން އެހިސާބުން އެދެމީހުން އެކަކު އަނެކަކަށް ޙަލާލުވީކަމުގައި ހީކުރެވެއެވެ. ނަމަވެސް އެހިސާބުން އަދި ޙަލާލު ވާން ގާތްވެސް ނުވެއެވެ. އެހެނީ އެންގޭޖު ކުރުމަކީ ދެމީހުނަށްވެސް ލިބޭ ރައްކައުތެރި ކަމެކެވެ. ޙަރާމް ކަންތައްތައް ކުރުމަށް ހުޅުވޭ ދޮރެއްނޫނެވެ. ބައެއް ޞާލިޙުން އެމީހުންގެ ދަރީން ވަރަށް ކުޑައިރުވެސް ނުވަތަ ޅަ އުމުރުގައިވެސް އެންގޭޖްކުރެއެވެ. އެއީ ހަމަގައިމުވެސް ދެން އެކުއްޖާ ނުބައި މަގަކުން ދިއުމުގެ އެއްވެސް އިޚްތިޔާރެއް ނޯންނާނެތީއެވެ. އެދެކުދީންބާލިޣު ވުމުން ކައިވެނިކޮށްދެއެވެ. އެއީ އެދެކުދީންގެ ޢިތްފަތް ތެރިކަމަށާއިމަޙްޝަރުގެ މައިދާނުގައި މައިންބަފައިންނަށް އެމީހުންގެ ދަރީންނާ ދޭތެރޭ ކުރެވޭނެ ސުވާލަކަށް ޖަވާބުދާރީވުމަށް ތައްޔާރު ވުމަށެވެ. އެއީ ކައިވެނިކުރުމަށް ޚިޠާބު (އެންގޭޖް) ކުރެވިފައިވާ އަންހެން ކުއްޖަކާއިއެކު އެކަހެރިވުން ޙަރާމްވެގެންވާތީ އެދެ ކުދިންނަށް ޙަރާމްކަމެއް ނުވަތަ މަގަކުންވެސް ނުދެވޭނެތީއެވެ. އެހެނީ އެއަންހެން ކުއްޖާ ވާހުށީ އޭނާއާއި ކައިވެނި ކޮށްފުމަށް ދާންދެން އޭނާއަށް ހުއްދަ ނޫން މީހެއް ކަމުގައެވެ. އިސްލާމީ ޝަރީޢަތުގައި އެއަންހެން ކުއްޖާއަށް ބަލާލުން (އެބަހީ: މޫނާއި ދެއަތްތިލަ) ފިޔަވައި އެހެންކަމެއް ވާރިދުވެގެން ނުވެއެވެ. އެހެންކަމުން އެކަން (އެންގޭޖް ކުރެވިފައިވާ އަންހެން ކުއްޖާއާއި އެކު އެކަހެރިވުން) ޙަރާމް ކަމެއްކަމުގައި ދެމިއޮތީއެވެ. އެހެނީ ދެމީހުން އެކަހެރިވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަނެވޭނެކަމުގެ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ފަހެ މަޙްރަމަކު (އެބަހީ: އަންހެން ކުއްޖާއާއި ކައިވެނި ޙަލާލު ނުވާ ފިރިހެނަކު) އެތާނގައި ހުރެއްޖެނަމަ ދެމީހުން އެކުގައި ތިބުން ހުއްދައެވެ. އެއީ އޭނާ ހާޒިރުވެގެންވާ ޙާލު އުރެދުމަކަށް އަރައިގަތުން މަނާވެފައި ވާތީއެވެ. ޖާބިރު رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ اْلآخِرِ , فَلاَ يَخْلُوَنََّّ بِامْرَأَةٍ لَيْسَ مَعَهَا ذُوْ مَحْرَمٍ مِنْهَا , فَإِنَّ ثَالِثُهُمَا الشَّيْطَانُ )) މާނައީ: "ފަހެ ﷲ އަށާއި ޤިޔާމަތް ދުވަހަށް އީންމާވާ މީހަކު، ހިލޭ އަންހެނެއްގެ މަޙްރަމަކާއި ނުލައި އެކަނބުލޭގެއާއި އެކު އެކަހެރިނުވާ ހުށިކަމެވެ. ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާ ހުށްޓެވެ." ޢާމިރު ބިން ރަބީޢާ رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( لا يخلونَّ رجل بامرأة لا تحل له , فإن ثالثهما الشيطان , إلا محرم )) މާނައީ: " ފިރިހެނަކު އޭނާގެ މައްޗަށް ޙަލާލުވެގެން ނުވާ އަންހެނަކާއި އެކު މަޙްރަމަކާއިނުލައި އެކަހެރި ނުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާހުއްޓެވެ." ކަންމިހެން އޮތްއިރު ޚިޠާބު، އެންގޭޖް ވުމަކުން އަދި ޙަލާލު ވީކީނޫނެވެ.
6:16 AM
Posted In
Prayer Time Software
Edit This
This is a simple program written by al-Akh Ahmed Shareef / raajjeislam.com. This version of 'Prayer Times' will start prayer call at all prayer times (inshaAllah). The prayer times in the software is based on Male' and islands near Male'. This is a freeware, so no need of any payment. Just download (or copy) and start using. Listen to the beautiful prayer call by al-Akh Ali Rameez bin Qasim. Also do not forget to distribute this software to all of your friends and help them to attend prayers on time. (The softawre does not need to be installed. just unzip the folder to a good locations and run the Prayer Times.exe)
DOWNLOAD
7:04 AM
Posted In
ޙައްޤު
Edit This
ކޮންމެ އިންތިހާބަކާ ގުޅިގެން އިވޭ އެންމެ ވަރުގަދަ އަޑަކީ ލިބިދޭންޖެހޭ ނުވަތަ ލިބިގަނަންޖެހޭ ޙައްޤެއްގެ ވާހަކައެވެ. އެއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ނުވަތަ ލިބިދޭންޖެހޭ ހަމައެކަނި ޙައްޤުބާވައެވެ. ޓީވީ ތަކުންނާއި ރޭޑިއޯ ތަކުންނާއި ނޫސްތަކުންވެސް ކެނޑިނޭޅި އިޢުލާން ކުރަމުންދާ ހަމައެކަނި ޙައްޤެވެ. ވެރީންނާއި ކުށްވެރީން ހަމަހަމަ ކުރާ ޙައްޤެވެ. ދިވެހިބަހުގެ ރަދީފުގައި ޙައްޤު މިބަސް އޮންނަކަން އެނގޭ، ބޭނުން ކުރެވޭ ހަމައެކަނި ހިނދުކޮޅެވެ، ޒަމާނުންސުރެ ވެރީންނާއި ބޮޑެތި މުއްސަނދިން ދަށްކަމުން އައި ބޮޑާކަމާއި ކިބުރުވެރިކަން ނައްތާލައި ރައްޔިތުން ބޭނުންވިޔަސް ނުވިޔަސް، އެމީހުންގެ މުޅި ޖާނާއި މާޅުން ހޭދަށްކޮށްގެން، އާންމުރައްޔިތުންގެ ފައިބުޑަށް ވެއްޓި އެމީހުންގެ ހައިބަތު ކުޑަކޮށް ދުވަހަކު އަނގައިން ނުބުނާ މީހުނާވެސް އެއްބަނޑު އެއްބަފާ ކަމުގެ ގާތް ގުޅުން ބާއްވާ އާންމު ރައްޔިތުންނަށް ހޯދަދޭން އުޅޭ ޙައްޤެވެ. އެއްވެސް އަމިއްލަ އެދުމެއް އޮވެގެނެއް ނޫނެވެ. ހަމަ ރައްޔިތުން ދެކެ ލޯބިން ހޯދައިދޭން އުޅޭ ޙައްޤެކެވެ. އެއްބަޔަކު އަނެއްބަޔަކާއި މާރާމާރި ހިންގައި ބޮޑެތި ޖަރީމާތައްހިންގައި އެތައްބައެއްގެ ފުރާނައަށް ނުރައްކާކޮށް، އެތަށް އާއިލާތަކެއް ނިކަމެތި ކޮށްލާ ޙައްޤެވެ. މިޙައްޤު ރައްޔިތުން ނުހޯދަފާނެތީ ފާޑުފާޑުގެ ދޮގު ބުހުތާނުހަދައި ބޮޑެތި ވަޢުދުތައް ވަމުން ހަޅޭއް ފަޅޭއްލަވައި ހަދާޙައްޤެވެ. ޙައްޤު ލިބިގަންނަން ޖޭހޭދުވަހު ގޭގައި ނިދާފައި އޮތަސް ހޭލައްވައި ފެންވަރުވައި ފުށް ޖައްސައި ސައިދީ އެންމެ ކުޑަމިނުން ޙައްޤު ލިބިގަންނަންދާނެ އެއަރކޯރން ކާރުވެސް ހަމަޖައްސަދެއެވެ. ހެއުފުޅުކަންފެސް ހައްދު ފަހަނައަޅާ ދާވަރަށެވެ. އެންމެ ފަހުވަޤުތު ކާރުން ބާލަމުން ބުނެލަނީ މިވެނި އެވެނި މީހަކާށް ވޯޓު ނުލާ ތިމަންނަ އަށް ވޯޓު ލާށެވެ. މިހާހަމައިން ކޮންމެވެސް ވަރަކަށް މިވާނުވާ ރޭކާލައެވެ. ޙައްޤުގެ ވަޤުތު ނިމުނީކަން ޔަޤީންވެއެވެ. ކުރާނީ ކިޔެއްހެއްޔެވެ. ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުންދެއެވެ. މިއީ ހާދަހާވާ ބޮޑޫ ޙައްޤެކެވެ މިއީ ވޯޓުލުމުގެ ޙައްޤެވެ. ހަމައެނަކި ޙައްޤެވެ