ސަމާލުވެލައްލާ
3:40 AM Posted In ޤުރްއާން އަށް ސަމާލުވުން Edit This 0 Comments »އެންމެހައި ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ސަމާލުވެ ލައްވާ!!! ބައެއް މޮބައިލްތަކުގައި ހުންނަ ކީރިތި ޤުރްއާން ޕްރޮގްރާމް ގައި " ސޫރަތުއްނިސާ " ގެ 90 ވަނަ އާޔަތުގެ ކަލިމައެއް ނުބައިކޮށް ލިޔެވިފައި އޮވެއެވެ. " إِلاَّ الَّذِينَ يَصِلُونَ إِلَىَ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ أَوْ جَآؤُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُواْ قَوْمَهُمْ وَلَوْ شَاء اللّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْاْ إِلَيْكُمُ السَّلَمَ فَمَا جَعَلَ اللّهُ لَكُمْ عَلَيْهِمْ سَبِيلاً "
މިއާޔަތުގައިވާ يُقَاتِلُوكُمْ މިދެންނެވިފަދަ ބައެއް ޕްރޮގްރާމްތަކުގައި ލިޔެވިފައި އޮންނަނީ "ن " އެއް އިތުރުކޮށް " يقاتلونكم " މިފަދައިން ނެވެ. މާތް ﷲ ތަޢާލާ ކީރިތި ޤުރްއާން ރައްކާތެރި ކުރައްވާނެކަމާމެދު އަހަރެމެން ޝައްކެއް ނުކުރަމުއެވެ. ޤުރްއާން ރައްކާތެރިކުރުމުގައި ސަބަބެއް ކަމުގައި ވުމަކީ ހަމަ ކޮންމެ މުސްލިމަކަށްވެސް ލިބޭ ނުހަނުބޮޑު ޝަރަފެކެވެ.
މި ޕްރޮގްރާމްގައި މިކަލިމަ މިގޮތަށް ލިޔެވިފައި މިވަނީ އޮޅުމަކުން ކަމުގައިވެސް ވެދާނެއެވެ. ހަމަ އެގޮތަށް މުސްލިމުންގެ ޢަދުއްވުން ގަސްދުގައިވެސް މިފަދަ ކަމެއް ކޮށްފާނެއެވެ. އަހަރެމެނަށް އޮތީ މިކަންކަމުގެ މައްޗަށް ސަމާލުވެ ތިބުމެވެ. ކީރިތި ޤުރްއާން ރައްކާތެރިކުރުމުގައި ސަލަފުއްޞާލިޙުން ޢަމަލުކުރެއްވި ގޮތް ދެނެލައްވަމުތޯއެވެ. އެބޭކަލުން ހެއްދިގޮތަކީ ކޮންމެ ބޭކަލަކުވެސް ކުޅަދާނަވީ މިންވަރަކުން ޤުރްއާން ހިތުދަސް ކުރެއްވީއެވެ. ދެން އެ ޤުރްއާން އާއި އެއްގޮތަށް ޢަމަލުކުރެއްވީއެވެ. މިކަމަކީ އަޅުގަނޑުމެނަށްވެސް ކުރެވިދާނެކަމެއް ނޫންތޯއެވެ.!! " ހައްދަވައި ބަލަޙައްޓާވާ ﷲ! އަޅަމެންނީ ކީރިތި ޤުރްއާން ކިޔަވައި ، އެފޮތް ހިތުދަސްކޮށް ، އެފޮތުގައިވާ ގޮތަށް ޢަމަލުކުރާބަޔަކު ކަމުގައި ލައްވައި ، ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ލައްވާންދޭވެ."
."
0 comments:
Post a Comment