ވޯޓު ލަނީ ކުފުރަށްތައް؟ ޙައްޤަށްތަ؟
4:56 AM Edit This 0 Comments »23 މާރޗް 2009 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، އެމަޖިލީހުގެ ދެމެމްބަރަކު ﷲ އާއި ﷲ ގެ ރަސޫލާއަށް ފުރައްސާރަ ވާކަހަލަ ވަހަކަތަކެއް ދެއއްކިކަމަށް މިހާރު މިދެކެވޭ ވަހަކައަކީ ކޮބައިތޯ ބަލާލަމާހެވެ. މިގޮތުން މާލޭގެ މެމްބަރު އިބްރާހިމް އިސްމާޢީލް ވަނީ، "މިހާރުވެސް މިމުޖްތަމަޢުގައި މީގެ ސާދަ ޤަރުނު ކުރީގެ ބޯދާއި ޚިޔާލަށް ތަބާވާ ބަޔަކު އުޅޭކަމަށް" އަޑު އުފުލައި އެކަމާއި އިދިކޮޅަށް ވާހަކަ ދައްކާފައެވެ. އަޅުގަނޑު ހިތަށް އަރަނީ މީގެ ސާދަ ސަތޭކަ އަހަރު ކުރީގެ ބޯދާ ޚިޔާލޭ އިބްރާ އެބުނަނީ އިސްލާމްދީނުގެ ވަހަކަ ބާވައެވެ.؟ އެއީ އިސްލާމް ދީން ކަމުގައި ވާނަމަ އިބުރާ އިސްލާމްދީން ޤަބޫލު ނުކުރައްވަނީތޯއެވެ؟ ކޮންމެއަކަސް ދީނުގައި ކަނޑައެޅިފައިވާ ކަމަކާއި ނުވަތަ ޙުކުމަކާއި އިންކާރުކޮށް އެއާއި ޚިލާފަށް ޙުކުމްތައް ހެދުމަކީ މީހާ ދީނުން ބޭރުވެ މުރުތައްދުވެގެން ދާނޭ ކަމެކެވެ. އެހެންކަމަށްވާނަމަ އަޅުގަނޑު އިބުރާއަށް ހަނދުމަކޮށް މި އަރުވަނީ އަވަހަށް ތައުބާވެ އެބުނެވުނެ ބަސް އަނބުރާ ގެންގޮސްﷲ ގެދީނަށް އެކީ އެކަށްޗަކަށް ރުޖޫޢަވުމަށެވެ.
އަނެއް މެމްބަރަކީ ލ.އަތޮޅުގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މޫސާ މަނިކުގެ ވާހަކައިގާ ބުނެފައިވެއެވެ. "މީހަކު ޢުމުރުން ނުވަ އަހަރުގެ ކުއްޖަކާ އިނަސް، ތިމަންގެ ދަރި އެޢުމުރުގައި މީހަކާ ނުދެވާނަމެވެ." ރީކޯ މޫސަ އެބުނާ މީހަކީ އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ހެއްޔެވެ؟ އެހެންކަމުގައިވާނަމަ މޫސައަށް ދަންނަވަމެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކައިވެނި ކުރެއްވީ ޝަރުޢީ ގޮތުންނެވެ. ތިޔަހީކުރާކަހަލަ ގޮތަކަށް ނޫނެވެ. أعوذ بالله ތިޔައީ މުސްލިމުން ދައްކާކަހަލަ ވަހަކައެއްނޫނެވެ. މަޖްލިހުގެ ތަޅުމުގައިވިޔަސް، ފެންޑާގައިވިސް އަދި ސީލިންގ ގައި ވިއަސް ތިޔަކަހަލަ ވާހަކަ ދެއްކުމަކީ މީހާ ދީނުން ބޭރުވާނެ ޢަމަލެއްކަން އަނދުމަކޮށްދެމެވެ. މޫސައަށް ވެސް ހަނދުމަކޮށް މި އަރުވަނީ އަވަހަށް ތައުބާވެ އެބުނެވުނެ ބަސް އަނބުރާ ގެންގޮސްﷲ ގެދީނަށް އެކީ އެކަށްޗަކަށް ރުޖޫޢަވުމަށެވެ. ދެ ބޭފުޅުން ވެސް ތިޔަގޮތުގައި ހުއްޓާ މަރުވެއްޖެއްޔާ ވާނެގޮތާމެދު ކަމުގެ މީހުނާ ދީންކިޔަވައިގެން ތިބި މީހުނާ ސުވާލުކުރުމަށްވެސް އާދޭހާއެކު ދަންނަވަމެވެ. ލޮބުވެތި ޔައްޔިތުންނަށް ދަންނަވާލަމެވެ. މި ދެކުދިންނަށް ވޯޓު ދިނުމުގެ ކުރިން މިކަމާ ވިސް ނާލުން ރަގަޅެވެ، އެއީ ތިމަން މިލާ ވޯޓް އެއީ ކުފުރު ވޯޓެއްތޯ ނުވަތަ ޙައްޤު ވޯޓެއްތޯ ޔަޤީންކުރުމުގެ ގޮތުންނެވެ
މި މައުޟޫއާ ގުޅިގެން ލިބުނު 2 ލިންކް ތިޔަ ބޭފުޅުންނާ ޙިއްސާކޮށް ލާނަމަވެ. ލިންކް 1 ލިނކް 2
0 comments:
Post a Comment