އަޅުގަނޑަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ މީހެއްނޫނެވެ
CONSTITUTION OF THE REPUBLIC OF MALDIVES: CHAPTER II – CLAUSE 27: FREEDOM OF EXPRESSION: EVERYONE HAS THE RIGHT TO FREEDOM OF THOUGHT AND THE FREEDOM TO COMMUNICATE OPINIONS AND EXPRESSION IN A MANNER THAT IS NOT CONTRARY TO ANY TENET OF ISLAM

މައުމޫނަށް އަންނި ވެރިކަމުން ބޭލިދާނެ.

10:32 AM Posted In Edit This 0 Comments »

އިސްލާޙް ކުރެވުނު ޤާނޫން އަސާސީގެ ސަތޭކަ ވަނަ މާއްދާގެ ހ ގެ ތިނެއްގައި ބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވެއްޖެނަމަ މަޖްލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މަޖްލީހަށް ޤަރާރެއް ހުށައެޅިދާނެއެވެ. މިހާރު ޕީ.އޭ އާއި ނުލާވެސް ތިންބައިކުޅަ އެއްބައި ވަނީ ޑީ.އާރްޕީއަށް ކާމިޔާބުވެފައެވެ. ދެން ބޭނުންވަނީ މަޖްލީހުގެ ތިންބައިކުޅަ ދެބައިއެވެ. ފަންސާސް އެއް ގޮނޑިއެވެ. ޕީ.އޭގެ ހަތް ގޮނޑި އާއި ޑީ.އާރު.ޕީ އަށާވީސް ގޮނޑީގެ އިތުރުން ސޯޅަ މެންބަރުން ޑީ.އާރު.ޕީ އަށް ތާޢީދު ކޮށްފިނަމަ އަންނި ( އެމް.ޑީ.ޕީ ) ވެރިކަމުން ފައިބަން ޖެހުނީއެވެ. ވެރިކަމަށް އަނެއްކާވެސް މައުމޫން ނުވަތަ ޔާމީން އައީކަމުގައި ޔަޤީންކުރާށެވެ. އިސްލާޙް ކުރެވުނު ޤާނޫން އަސާސީގެ ސަތޭކަ ވަނަ މާއްދާގެ ހ ގެ ތިނެއްގެ ބ ގައި ބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެމަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެމީހަކު މަޤާމުން ވަކިވީއެވެ. ނަމަވެސް ޑީ.އާރު.ޕީ އާއި ޕީ.އޭ މިހުރިހާކަމެއް ކުރަންދެން އެމް.ޑީ.ޕީ (އަންނި) ވެސް ހަށަމް ބަނދެލައިގެން ނުހުންނާނެކަން ދަންނާށެވެ. ނަމަވެސް މި ކުޑަ ދުވަސްކޮޅުގައި ޑީ.އާރު.ޕީ މި ހޯދު ކާމިޔާބީއަށް ވިސްނާލާފައި ބުނެވޭނީ މައުމޫނަށް އަންނި ވެރިކަމުން ބޭލިދާނެއެވެ

ސަރުކާރުގެ ޕްރޮވިޑެންޓް ފަންޑުގައި ރިބާ

10:42 PM Posted In Edit This 0 Comments »
އަލްއުސްތާޛް އަޙްމަދު ނިޒާމް

އަންނި ކުރި ހޯދައިފައި ވަނިކޮށް ފަހަތުން އަރާ މައުމޫން ލަނޑު ޖަހައިގެން ކުރިހޯދައިފި

12:03 PM Posted In Edit This 0 Comments »


މިފަހަރުގެ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ވާދަކުރި އެންމެ ގަދަ ދެބާރު ކަމުގައިވާ ޑީ.އާރް.ޕީ އާއި އެމް.ޑީ.ޕީ ގެ މެދުގައި ވަރުގަދަ ވާދަވެރިކަމަކަށްފަހު ޑި.އާރް.ޕީ ކުޅިފަސް ހޯދައިފިއެވެ. ވެރިކަން ކުރާ ޕާޓީގެ މައްޗަށް ވެރިކަން ކުރި ޕާޓީއެވެ. ޕްރެޒިޑެނޓްގެ މައްޗަށް އެކްސް ޕްރެޒިޑެންޓް އެވެ. އަންނިގެ މައްޗަށް މައުމޫނެވެ. ބޮޑު އަޤުލަބިއްޔަތަކުން ރައްޔިތުންގެ ރުހުން ލިބިގެން ވެރިކަން ކުރަމުންދާ ރައީސް އަންނިއަށް މިހާކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިހާބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން މިޖެހުނީ ކޮން ސަބަބަކާ ހުރެތޯ ވިސްނާލަން މިހާރު މިވަނީ މަޖްބޫރުވެފައެވެ. މުޅި ދުނިޔޭގައިވެސް އެމް. ޑީ.ޕީ ގެކެނޑިޑޭޓޫން ވަރުގެ ކެނޑިޑޭޓުންނެއް ނުތިބޭނެ ކަމަށް ހަރުއަޑުން ބުނި ބުނުމުގެ އެއްވެސް ބާރެއްނެތްކްން ޘާބިތުވެ ނިމިއްޖެއެވެ. ދެން ކުރެވެންހާވެސް އޮތްކަމަކީ އަމިއްލަ ކެނޑިޑޭޓޫންގެ ރުހުން ހޯދުމެވެ. ރައްޔިތުންގެ ނިންމުން އެހާ ތާހިރެއްނުވި އެވެ. މިހާރު އުފެދޭ ސުވާލަކީ ދިވެހި ރައްޔިތުން " އަނެއް ދިވެހި ރާއްޖެ " އަށް ދިއުމުގެ އުންމީދު ކަނޑާލީބާއެވެ. ރައްޔިތުންނޭވެ! އެއްގޮތަކަށްވެސް ތިޔަހެން ނުހަދާށެވެ އަންނިއަށް ތިޔާކުރާ އިތުބާރު އަދި ކަނޑާ ނުލާށެވެ. ކޮންމެއަކަސް އެމް.ޑީ.ޕީ އަށް މިލިބުނު ނާކާމިޔާބީގެ ޒިންމާ ނަގައި އެކަމަށް ޖަވާބުދާރީވާންޖޭހޭނީ ރައީސް އަންނި އެވެ. އަވަސް ކުރާށެވެ . އަންނި ކުރި ހޯދައިފައި ވަނިކޮށް ފަހަތުން އަރާ މައުމޫން ލަނޑު ޖަހައިގެން ކުރިހޯދުމުގެ ސިއްރަކީ ކޮބާހެއްޔޭވެ.؟ ބުނެދޭށެވެ


MDP(26) DRP(28) IND(13) PA(7) DQP(2) REP(1) TOTAL (77)