އަންނި ކުރި ހޯދައިފައި ވަނިކޮށް ފަހަތުން އަރާ މައުމޫން ލަނޑު ޖަހައިގެން ކުރިހޯދައިފި
12:03 PM Posted In vote Edit This 0 Comments »މިފަހަރުގެ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ވާދަކުރި އެންމެ ގަދަ ދެބާރު ކަމުގައިވާ ޑީ.އާރް.ޕީ އާއި އެމް.ޑީ.ޕީ ގެ މެދުގައި ވަރުގަދަ ވާދަވެރިކަމަކަށްފަހު ޑި.އާރް.ޕީ ކުޅިފަސް ހޯދައިފިއެވެ. ވެރިކަން ކުރާ ޕާޓީގެ މައްޗަށް ވެރިކަން ކުރި ޕާޓީއެވެ. ޕްރެޒިޑެނޓްގެ މައްޗަށް އެކްސް ޕްރެޒިޑެންޓް އެވެ. އަންނިގެ މައްޗަށް މައުމޫނެވެ. ބޮޑު އަޤުލަބިއްޔަތަކުން ރައްޔިތުންގެ ރުހުން ލިބިގެން ވެރިކަން ކުރަމުންދާ ރައީސް އަންނިއަށް މިހާކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިހާބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން މިޖެހުނީ ކޮން ސަބަބަކާ ހުރެތޯ ވިސްނާލަން މިހާރު މިވަނީ މަޖްބޫރުވެފައެވެ. މުޅި ދުނިޔޭގައިވެސް އެމް. ޑީ.ޕީ ގެކެނޑިޑޭޓޫން ވަރުގެ ކެނޑިޑޭޓުންނެއް ނުތިބޭނެ ކަމަށް ހަރުއަޑުން ބުނި ބުނުމުގެ އެއްވެސް ބާރެއްނެތްކްން ޘާބިތުވެ ނިމިއްޖެއެވެ. ދެން ކުރެވެންހާވެސް އޮތްކަމަކީ އަމިއްލަ ކެނޑިޑޭޓޫންގެ ރުހުން ހޯދުމެވެ. ރައްޔިތުންގެ ނިންމުން އެހާ ތާހިރެއްނުވި އެވެ. މިހާރު އުފެދޭ ސުވާލަކީ ދިވެހި ރައްޔިތުން " އަނެއް ދިވެހި ރާއްޖެ " އަށް ދިއުމުގެ އުންމީދު ކަނޑާލީބާއެވެ. ރައްޔިތުންނޭވެ! އެއްގޮތަކަށްވެސް ތިޔަހެން ނުހަދާށެވެ އަންނިއަށް ތިޔާކުރާ އިތުބާރު އަދި ކަނޑާ ނުލާށެވެ. ކޮންމެއަކަސް އެމް.ޑީ.ޕީ އަށް މިލިބުނު ނާކާމިޔާބީގެ ޒިންމާ ނަގައި އެކަމަށް ޖަވާބުދާރީވާންޖޭހޭނީ ރައީސް އަންނި އެވެ. އަވަސް ކުރާށެވެ . އަންނި ކުރި ހޯދައިފައި ވަނިކޮށް ފަހަތުން އަރާ މައުމޫން ލަނޑު ޖަހައިގެން ކުރިހޯދުމުގެ ސިއްރަކީ ކޮބާހެއްޔޭވެ.؟ ބުނެދޭށެވެ
MDP(26) DRP(28) IND(13) PA(7) DQP(2) REP(1) TOTAL (77)
0 comments:
Post a Comment