އަޅުގަނޑަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ މީހެއްނޫނެވެ
CONSTITUTION OF THE REPUBLIC OF MALDIVES: CHAPTER II – CLAUSE 27: FREEDOM OF EXPRESSION: EVERYONE HAS THE RIGHT TO FREEDOM OF THOUGHT AND THE FREEDOM TO COMMUNICATE OPINIONS AND EXPRESSION IN A MANNER THAT IS NOT CONTRARY TO ANY TENET OF ISLAM

މައުމޫނަށް އަންނި ވެރިކަމުން ބޭލިދާނެ.

10:32 AM Posted In Edit This 0 Comments »

އިސްލާޙް ކުރެވުނު ޤާނޫން އަސާސީގެ ސަތޭކަ ވަނަ މާއްދާގެ ހ ގެ ތިނެއްގައި ބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވެއްޖެނަމަ މަޖްލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މަޖްލީހަށް ޤަރާރެއް ހުށައެޅިދާނެއެވެ. މިހާރު ޕީ.އޭ އާއި ނުލާވެސް ތިންބައިކުޅަ އެއްބައި ވަނީ ޑީ.އާރްޕީއަށް ކާމިޔާބުވެފައެވެ. ދެން ބޭނުންވަނީ މަޖްލީހުގެ ތިންބައިކުޅަ ދެބައިއެވެ. ފަންސާސް އެއް ގޮނޑިއެވެ. ޕީ.އޭގެ ހަތް ގޮނޑި އާއި ޑީ.އާރު.ޕީ އަށާވީސް ގޮނޑީގެ އިތުރުން ސޯޅަ މެންބަރުން ޑީ.އާރު.ޕީ އަށް ތާޢީދު ކޮށްފިނަމަ އަންނި ( އެމް.ޑީ.ޕީ ) ވެރިކަމުން ފައިބަން ޖެހުނީއެވެ. ވެރިކަމަށް އަނެއްކާވެސް މައުމޫން ނުވަތަ ޔާމީން އައީކަމުގައި ޔަޤީންކުރާށެވެ. އިސްލާޙް ކުރެވުނު ޤާނޫން އަސާސީގެ ސަތޭކަ ވަނަ މާއްދާގެ ހ ގެ ތިނެއްގެ ބ ގައި ބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެމަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެމީހަކު މަޤާމުން ވަކިވީއެވެ. ނަމަވެސް ޑީ.އާރު.ޕީ އާއި ޕީ.އޭ މިހުރިހާކަމެއް ކުރަންދެން އެމް.ޑީ.ޕީ (އަންނި) ވެސް ހަށަމް ބަނދެލައިގެން ނުހުންނާނެކަން ދަންނާށެވެ. ނަމަވެސް މި ކުޑަ ދުވަސްކޮޅުގައި ޑީ.އާރު.ޕީ މި ހޯދު ކާމިޔާބީއަށް ވިސްނާލާފައި ބުނެވޭނީ މައުމޫނަށް އަންނި ވެރިކަމުން ބޭލިދާނެއެވެ

0 comments: