ވޯޓުލުމުގެ ޙައްޤު ހަމައެކަނި ޙައްޤު
7:04 AM Posted In ޙައްޤު Edit This 0 Comments »ކޮންމެ އިންތިހާބަކާ ގުޅިގެން އިވޭ އެންމެ ވަރުގަދަ އަޑަކީ ލިބިދޭންޖެހޭ ނުވަތަ ލިބިގަނަންޖެހޭ ޙައްޤެއްގެ ވާހަކައެވެ. އެއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ނުވަތަ ލިބިދޭންޖެހޭ ހަމައެކަނި ޙައްޤުބާވައެވެ. ޓީވީ ތަކުންނާއި ރޭޑިއޯ ތަކުންނާއި ނޫސްތަކުންވެސް ކެނޑިނޭޅި އިޢުލާން ކުރަމުންދާ ހަމައެކަނި ޙައްޤެވެ. ވެރީންނާއި ކުށްވެރީން ހަމަހަމަ ކުރާ ޙައްޤެވެ. ދިވެހިބަހުގެ ރަދީފުގައި ޙައްޤު މިބަސް އޮންނަކަން އެނގޭ، ބޭނުން ކުރެވޭ ހަމައެކަނި ހިނދުކޮޅެވެ، ޒަމާނުންސުރެ ވެރީންނާއި ބޮޑެތި މުއްސަނދިން ދަށްކަމުން އައި ބޮޑާކަމާއި ކިބުރުވެރިކަން ނައްތާލައި ރައްޔިތުން ބޭނުންވިޔަސް ނުވިޔަސް، އެމީހުންގެ މުޅި ޖާނާއި މާޅުން ހޭދަށްކޮށްގެން، އާންމުރައްޔިތުންގެ ފައިބުޑަށް ވެއްޓި އެމީހުންގެ ހައިބަތު ކުޑަކޮށް ދުވަހަކު އަނގައިން ނުބުނާ މީހުނާވެސް އެއްބަނޑު އެއްބަފާ ކަމުގެ ގާތް ގުޅުން ބާއްވާ އާންމު ރައްޔިތުންނަށް ހޯދަދޭން އުޅޭ ޙައްޤެވެ. އެއްވެސް އަމިއްލަ އެދުމެއް އޮވެގެނެއް ނޫނެވެ. ހަމަ ރައްޔިތުން ދެކެ ލޯބިން ހޯދައިދޭން އުޅޭ ޙައްޤެކެވެ. އެއްބަޔަކު އަނެއްބަޔަކާއި މާރާމާރި ހިންގައި ބޮޑެތި ޖަރީމާތައްހިންގައި އެތައްބައެއްގެ ފުރާނައަށް ނުރައްކާކޮށް، އެތަށް އާއިލާތަކެއް ނިކަމެތި ކޮށްލާ ޙައްޤެވެ. މިޙައްޤު ރައްޔިތުން ނުހޯދަފާނެތީ ފާޑުފާޑުގެ ދޮގު ބުހުތާނުހަދައި ބޮޑެތި ވަޢުދުތައް ވަމުން ހަޅޭއް ފަޅޭއްލަވައި ހަދާޙައްޤެވެ. ޙައްޤު ލިބިގަންނަން ޖޭހޭދުވަހު ގޭގައި ނިދާފައި އޮތަސް ހޭލައްވައި ފެންވަރުވައި ފުށް ޖައްސައި ސައިދީ އެންމެ ކުޑަމިނުން ޙައްޤު ލިބިގަންނަންދާނެ އެއަރކޯރން ކާރުވެސް ހަމަޖައްސަދެއެވެ. ހެއުފުޅުކަންފެސް ހައްދު ފަހަނައަޅާ ދާވަރަށެވެ. އެންމެ ފަހުވަޤުތު ކާރުން ބާލަމުން ބުނެލަނީ މިވެނި އެވެނި މީހަކާށް ވޯޓު ނުލާ ތިމަންނަ އަށް ވޯޓު ލާށެވެ. މިހާހަމައިން ކޮންމެވެސް ވަރަކަށް މިވާނުވާ ރޭކާލައެވެ. ޙައްޤުގެ ވަޤުތު ނިމުނީކަން ޔަޤީންވެއެވެ. ކުރާނީ ކިޔެއްހެއްޔެވެ. ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުންދެއެވެ. މިއީ ހާދަހާވާ ބޮޑޫ ޙައްޤެކެވެ މިއީ ވޯޓުލުމުގެ ޙައްޤެވެ. ހަމައެނަކި ޙައްޤެވެ
0 comments:
Post a Comment