އަޅުގަނޑަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ މީހެއްނޫނެވެ
CONSTITUTION OF THE REPUBLIC OF MALDIVES: CHAPTER II – CLAUSE 27: FREEDOM OF EXPRESSION: EVERYONE HAS THE RIGHT TO FREEDOM OF THOUGHT AND THE FREEDOM TO COMMUNICATE OPINIONS AND EXPRESSION IN A MANNER THAT IS NOT CONTRARY TO ANY TENET OF ISLAM

އެންގޭޖް ވުމަކުން އަދި ޙަލާލު ވީކީ ނޫނެވެ

11:21 PM Posted In Edit This 0 Comments »

އަހަރުމެންގެ ތެރޭގައި އާއްމުކޮށް ދެމީހަކު ކައިވެނި ކުރުމަށް އެއްބަސްވުމުން ނުވަތަ އެންގޭޖް ކުރުމުން ދެން އެހިސާބުން އެދެމީހުން އެކަކު އަނެކަކަށް ޙަލާލުވީކަމުގައި ހީކުރެވެއެވެ. ނަމަވެސް އެހިސާބުން އަދި ޙަލާލު ވާން ގާތްވެސް ނުވެއެވެ. އެހެނީ އެންގޭޖު ކުރުމަކީ ދެމީހުނަށްވެސް ލިބޭ ރައްކައުތެރި ކަމެކެވެ. ޙަރާމް ކަންތައްތައް ކުރުމަށް ހުޅުވޭ ދޮރެއްނޫނެވެ. ބައެއް ޞާލިޙުން އެމީހުންގެ ދަރީން ވަރަށް ކުޑައިރުވެސް ނުވަތަ ޅަ އުމުރުގައިވެސް އެންގޭޖްކުރެއެވެ. އެއީ ހަމަގައިމުވެސް ދެން އެކުއްޖާ ނުބައި މަގަކުން ދިއުމުގެ އެއްވެސް އިޚްތިޔާރެއް ނޯންނާނެތީއެވެ. އެދެކުދީންބާލިޣު ވުމުން ކައިވެނިކޮށްދެއެވެ. އެއީ އެދެކުދީންގެ ޢިތްފަތް ތެރިކަމަށާއިމަޙްޝަރުގެ މައިދާނުގައި މައިންބަފައިންނަށް އެމީހުންގެ ދަރީންނާ ދޭތެރޭ ކުރެވޭނެ ސުވާލަކަށް ޖަވާބުދާރީވުމަށް ތައްޔާރު ވުމަށެވެ. އެއީ ކައިވެނިކުރުމަށް ޚިޠާބު (އެންގޭޖް) ކުރެވިފައިވާ އަންހެން ކުއްޖަކާއިއެކު އެކަހެރިވުން ޙަރާމްވެގެންވާތީ އެދެ ކުދިންނަށް ޙަރާމްކަމެއް ނުވަތަ މަގަކުންވެސް ނުދެވޭނެތީއެވެ. އެހެނީ އެއަންހެން ކުއްޖާ ވާހުށީ އޭނާއާއި ކައިވެނި ކޮށްފުމަށް ދާންދެން އޭނާއަށް ހުއްދަ ނޫން މީހެއް ކަމުގައެވެ. އިސްލާމީ ޝަރީޢަތުގައި އެއަންހެން ކުއްޖާއަށް ބަލާލުން (އެބަހީ: މޫނާއި ދެއަތްތިލަ) ފިޔަވައި އެހެންކަމެއް ވާރިދުވެގެން ނުވެއެވެ. އެހެންކަމުން އެކަން (އެންގޭޖް ކުރެވިފައިވާ އަންހެން ކުއްޖާއާއި އެކު އެކަހެރިވުން) ޙަރާމް ކަމެއްކަމުގައި ދެމިއޮތީއެވެ. އެހެނީ ދެމީހުން އެކަހެރިވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަނެވޭނެކަމުގެ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ފަހެ މަޙްރަމަކު (އެބަހީ: އަންހެން ކުއްޖާއާއި ކައިވެނި ޙަލާލު ނުވާ ފިރިހެނަކު) އެތާނގައި ހުރެއްޖެނަމަ ދެމީހުން އެކުގައި ތިބުން ހުއްދައެވެ. އެއީ އޭނާ ހާޒިރުވެގެންވާ ޙާލު އުރެދުމަކަށް އަރައިގަތުން މަނާވެފައި ވާތީއެވެ. ޖާބިރު رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ اْلآخِرِ , فَلاَ يَخْلُوَنََّّ بِامْرَأَةٍ لَيْسَ مَعَهَا ذُوْ مَحْرَمٍ مِنْهَا , فَإِنَّ ثَالِثُهُمَا الشَّيْطَانُ )) މާނައީ: "ފަހެ ﷲ އަށާއި ޤިޔާމަތް ދުވަހަށް އީންމާވާ މީހަކު، ހިލޭ އަންހެނެއްގެ މަޙްރަމަކާއި ނުލައި އެކަނބުލޭގެއާއި އެކު އެކަހެރިނުވާ ހުށިކަމެވެ. ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާ ހުށްޓެވެ." ޢާމިރު ބިން ރަބީޢާ رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.(( لا يخلونَّ رجل بامرأة لا تحل له , فإن ثالثهما الشيطان , إلا محرم )) މާނައީ: " ފިރިހެނަކު އޭނާގެ މައްޗަށް ޙަލާލުވެގެން ނުވާ އަންހެނަކާއި އެކު މަޙްރަމަކާއިނުލައި އެކަހެރި ނުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާހުއްޓެވެ." ކަންމިހެން އޮތްއިރު ޚިޠާބު، އެންގޭޖް ވުމަކުން އަދި ޙަލާލު ވީކީނޫނެވެ.

0 comments: