އަޅުގަނޑަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ މީހެއްނޫނެވެ
CONSTITUTION OF THE REPUBLIC OF MALDIVES: CHAPTER II – CLAUSE 27: FREEDOM OF EXPRESSION: EVERYONE HAS THE RIGHT TO FREEDOM OF THOUGHT AND THE FREEDOM TO COMMUNICATE OPINIONS AND EXPRESSION IN A MANNER THAT IS NOT CONTRARY TO ANY TENET OF ISLAM

ކޮށްދޭނަމޭ ނުބުނާށެވެ. ކޮށްދީފައި ދަށްކާށެވެ

1:11 AM Posted In Edit This 0 Comments »

ވަކިޕާޓީއެއް ކުރިއެރުވުމަށް ނުވަތަ ވަކިޕާޓިއެއްގެ މަޤްޞަދު ޙާޞިލު ކުރުމަށް މަސަތްކަތް ކުރުމަކީ މުޖްތަމައުގެ މަސްލަޙަތާ އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުން ބައިބައި ކުރުންކަމުގައި ނޫނީނުވާނެއެވެ. އެއްޕާޓީއަކުން ފައްސާލީމާ އަނެއްޕާޓީއަކަށް ގޮސް އެތަނުން ފައްސާލީމާ އަނެއްތާކަ ގޮސް ތާކުން ތާކު ނުޖެހި ރަމަންރަމަންފޯލި ކުޅެން އުޅޭ މީހުނަށް ވޯޓު ދިނުމުގެ ކުރިން އެބައިމީހުންގެ ހަޤީޤީ މަޤްޞަދާ ދޭތެރޭ ވިސްނާލަން ޖެހެއެވެ. ދެން ތިބީ ކޮންމެވެސް ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލާމީހުންނެވެ. އެމީހުންނަކީ އެމީހުން އަމިއްލަޔަށް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ކުރިމަތި ލާފަތިބި ބައެއް ނޫނެވެ. ވަކި ޕާޓީއެއްގެ ނުފޫޒުގައި ކުރިމަތި ލައްވާފައި ތިބި ބައެކެވެ. އެމީހުންގެ އެއްވެސް އާރެއްބާރެއް ނެތްތާނގައި އަމިއްލަ އަށް ބަހެއްވެސް ބުނުމުގެ އިޚްތިޔާރެއް ލިބިފައިވާ ބައެއްނޫނެވެ. އެމީހަކު އެ ނިސްބަތްވާ ޕާޓީއަކުން ބުނާބުނުމެއް ނުވަތަ ކުރަންބުނާ ކަމެއް ފިޔަވައި އެއްވެސް ކަމެއްކުރުމުގެ މިނިވަންކަމެއް އެމީހުނަކަށް ނުވެއެވެ. ދެން އުޅެނީ ބޭރުފުށުން އަމިއްލަ ކެނޑިޑޭޓުންނެވެ. މިބައިމީހުންނަކީ ވަކިޕާޓީ އަކަށް ނިސްބަތްނުވާ މީހުނަށް ވޯޓްދޭމީހުން ގެ ލޮލުގައި އަނދުން އަޅުވަންއުޅޭ ބައެކެވެ. އެމީހުންގެ ބަހާއި ޢަމަލުން ނިކަން ފަސޭހައިން ފަޟީހަތްވެއެވެ. މިބައިގަނޑު ހޯދުމަކީ ވަރަށް ފަސޭހަކަމެކެވެ. މިހިސާބުން ދެން ވޯޓު ދޭންވީ ވަކި ކާކަށް ބާވަޔޭ ހިތަންއަރައެވެ. އާދެ! ވޯޓު ދޭންވީ ރައްޔިތުންގެ ޙާލަތު ފަސް އަހަރުން ފަސް އަހަރުން ބެލުމުގެ ބަދަލުގައި އަބަދުމެ ރައްޔިތުންނާ އެކީއުޅޭ ރައްޔިތުންގެ އިޙްސާސްތައް އެންމެ ގާތުން ބަލާ ރައްޔިތަކަށެވެ. ދައްކާ ވާހަކައަށް އެއްގޮތަކަށް ވެސް ނުވިސް ނާށެވެ. އެމީހުންގެ ފަރާތުން ރައްޔިތުންނަށް ކޮށްދީފައި އޮތީ ކޮންކަމެއްތޯ ނުވަތަ ވެފައި އޮތީ ކޮން ފަސޭހައެއްތޯ ބަލާށެވެ. އެކަމެއް ކޮށްދީފައި އޮތީ ކޮންބޭނުމަކުތޯބަލާށެވެ. އެއީ އަރައްޔިތުންގެ މަޖިލީހުގައި ނުވަތަ އަވަށުފެންވަރުގައި ނުވަތަ ރަށުފެންވަރުގައި ނަމަވެސް މެވެއެވެ. އެގޮތަކީ އެމީހުން ރައްޔިތުންގެ މަޖްލީހައް މި ހޮވަނީ އެހާމެ ފޮނި އުންމީދާ އެކުގައެވެ. ނަމަވެސް ހިތާމަޔަކީ ހަމަ ކުޑަކުޑަ ބާރެއް ލިބޭއިރަށް ހަނދާންނެތޭތީއެވެ. އެއްބަޔަކު މާތްވެގެންވާ އިސްލާމްދީން އައްޑަނައަކަށް ހަދައިގެންވެސް ވޯޓްހޯދައެވެ. އެއީ އެންމެފަސޭހަގޮތް ކަމަށްވެދާނެއެވެ. އެގޮތަކީ ދިވެހިންނަކީ ދީނަށް ނުހަނު ލޯބިކުރާ ދީނީ ބައެކެވެ. ނަމަވެސް މިނިސްޓަރ ކަން ލިބުނީމަ ނުވަތަ ބޮޑު ގޮނޑި ލިބުނީމަ ދީނަކާ ދީނެކެވެ. ރައްޔިތަކާ ރައްޔިތެކެވެ. މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ބާރުގެ ބޭނުންކޮށްގެން ދީނީ އެބްސައިޓްތައް ބަންދު ކުރުމާއި ބުދު ފައްޅިތަށް ޙިމާޔަތް ކުރުން މީއެއްވެސް ކަމަކަށް ނުހަދައެވެ. ހުރިހާ ކެނޑިޑޭޓުންނަށް ލޯތްބާއެކީ ދަންނަވަލަމެވެ. ރައްޔިތުންގެ ލޯ ހުޅުވިއްޖެއެވެ. ކަނޑާފޮންޏަކަށް ނުވަތަ ވާ ވައުދެއް ބަލައެއްނުގަންނާނެއެވެ. އެއީ ޝާއިރު ވެސް ވިދާޅުވެފައިވާ ފަދައިން ތަޖްރިބާކުރެވުނީމައެވެ. ކުޅަދާނަ ޝާޢިރުވިދާޅުވިއެވެ. " ވައުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ، ނޫނީ އެހެން ގޮތެއްގައި މަޖުބޫރުވާނެޔެ" ވީމާ ކެނޑިޑޭޓުންނަށް އެންމެ ހެއުކަން ބޮޑުގޮތަކީ ކޮށްދޭނަމޭ ނުބުނުމެވެ. ކޮށްދީފައި ދެއްކުމެވެ.

0 comments: